Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެންޑީއޭ ރީބްރޭންޑް ކުރަނީ

ނެޝަނަލް ޑްރަގް އެޖެންސީ އެންޑީއޭ) ރިބްރޭންޑްކޮށް މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށް އެތަނުގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެތަން ރިބްރޭންޑްކުރަން ނިންމާފައި ވަނީ އެންޓި-ޑްރަގް ޑޭ ފާހަގަކުރަން މި މަހު ބާއްވާ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެންޑީއޭ އަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދީ އެ މީހުން އަލުން މުޖުތަމައި ނެރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އިދާރާ އެވެ. އެތަނުގެ ދަށުން އަތޮޅު ތެރޭގައި ވެސް ސެންޓަރުތައް ހިންގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

ނަމަވެސް އެންޑީއޭގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ހަރުދަނާކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަލަތަކަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާއަށްވުމެވެ.

އެންޑީއޭ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.