Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ހަވާލު ނުކުރެވި ހުރި ގޯތިތައް ކައުންސިލުން ހަވާލުކުރަނީ

އައްޑޫ ހިތަދޫ މާމެންދޫ ސަރަހައްދުން ދޫކޮށްފައި ބަންޑާރަ ގޯތިތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރި ގޯތިތައް ހަވާލުކުރަން ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ޙަވާލު ނުކުރެވި ހުރި ގޯތިތައް ހިމެނޭ ސަރަޙައްދުގެ މަގުތައް ހަދައި އިން ވަކިކުރުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ހިތަދޫ އަވަށު އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މާމެންދޫ ސަރަޙައްދުން ގުރުއަތުން ގޯ ތިލިބި މިހާތަނަށް ގޯއްޗާ ޙަވާލުވެފައި ނުވާ ފަރާތްތަކުން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވެ ގޯއްޗާއި ޙަވާލުވެ ވީ އެންމެ އަވަސް ފުރުސަތެއްގައި ގޯތީގެ ކަންމުޑި ރާނައި ގޯތި ސާފުކުރުމަށްފަހު ގޯތީގެ ރަޖިސްޓަރީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހިތަދޫ އަވަށު އޮފީހުގެ 6885753 ނަމްބަރުން ހޯދޭނެ އެވެ.

މާމެންދޫ ސަރަހައްދުން ދޫކުރި ބަންޑާރަ ގޯތިތަކެދއް ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރުގެ ޖެނުއަރީ މަނހުގެ ތެރޭގައި އައްޑޫން 1،000 ގޯއްޗަށް ހުޅުވާލި އިރު، ހިތަދޫން ވެސް 500 ގޯތި ދޭން ނިންމި އެވެ.