މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު މާލެއިން ސައިކަލެއްގައި ޖެހި އަނިޔާވި ޤައުމީ ޔުނިވާސިޓީގެ ލެކްޗަރަ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންދަ އެއާ އެމްބިއުލާންސެއް ނަގަން އައީލާއިން އެހީއަށް އެދެފިއެވެ.
ހަފީޒް ފަތިސް ނަމާދުކޮށްގެން ނިކުތް ގަޑީގައި ސައިކަލަކުން ޖެހި އަނިޔާވިއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އިތުރު ފަރުވާ ބޭރަށް ގެންދިއުމަށް އައިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭނާ ކޮމާޝަލް ފްލައިޓެއްގައި ގެންދެވޭ ހާލަތުގައި ނެތުމުން އޭއާ އެމްބިއުލާންސެއް ހޯދުމަށް އާންމުންގެ އެހީއަށް އައިލާއިން ވަނީ އެދިފައެވެ.
The state failed to provide justice for Hafeez. Let’s do what we can to help out #Justice4Hafeez #stopcriminals #reformpolice pic.twitter.com/4RA7sk34J6
— Mohamed Thoyyib, PhD 🐺 (@thoyyu) July 3, 2023
އޭނާ ގެންދަން އާއިލާއިން މަސައްކަތް ކުރަނީ އިންޑިއާއަށެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމާޝަލް ފްލައިޓެއްގައި ނުގެންދެވޭތީ އިންޑިއާ ގެންދާ އެއާ އެމްބިއުލާންސަށް 650،000 އަށް ވުރެ ގިނަ ރުފިޔާ ބޭނުންވެއެވެ.
ހަފީޒް އެކްސިޑެންޓަށް ފަހު އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރު ޒުވާނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިއަދު އެވެ. އޭނާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން ކަމާއި ބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.
އަލީ ހަފީޒް އަކީ ތަޢުލީމީ ދާއިރާގައި 18 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބެފުޅެކެވެ.