މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު އޮލިމްޕަސް ސިނަމާގައި އެޅުވި ކޮމެޑީ ފިލްމު "ވަނާޖިބޭސާ" މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މި މަހުގެ 26 ގައި ބައިސްކޯފުން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.
ވިޝާލް ޒަކީ ޑައިރެކްޓްކުރި ސްޓްރީމިން އަށް ދޫކޮށްލަން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭހަ އެވެ.
ބެލުންތެރިންގެ ފަރާތުން ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު "ވަނާޖުބޭސާ" ގެ މައިގަނޑު ތަރިންނަކީ ޓީވީ އިޝްތިހާރުތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް އާންމުކޮށް އެކީގައި ފެންނަ ނަޒީރު ޝިހާމު (ކާއްޓޭ ޑިވާންޗޯ) އާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ސައީދުގެ އިތުރުން އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީ ހިމެނެ އެވެ.