Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ތައިލޭންޑް މާކެޓުގައި ރާއްޖެ އިސްތިހާރު ކުރަނީ

ތައިލޭންޑު ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ބޭންގްކޮކް ޕޯސްޓާއި ގުޅިގެން ހާއްސަ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ، އެމްއެމްޕީއާރްސީން ފަށައިފިއެވެ.

އެމްއެމްޕީއާރްސީން ކުރިއަށް ބެންކޮކް ޕޯސްޓާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ތެރެއިން، އެ މެގަޒިންގައި ރާއްޖޭގެ މަންޒަރުތަކާއި އަދި ތަޖުރިބާތައް ގެނެސްދޭނެއެވެ. ޖުލައި އަދި އޯގަސްޓު މަހުގެ ކުރިއަށް ގެންދާ މި ކެމްޕެއިން ސަބަބުން ތައިލޭންޑް މޭކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރު ކުރެވި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ރާއްޖެ އިތުރަށް އިސްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ބެންކޮގް ޕޯސްޓަކީ މެހެއްގެ މައްޗަށް 2 މިލިއަން ކިއުންތެރިން ތިބި މެގަޒިން އެއް ކަމަށް އެމްއެމްޕީއާރްސީން ފާހަގަ ކުރެއެވެ. މިއާއެކު ތައިލޭންޑް މާކެޓުގައި އިސްތިހާރު ކުރުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއް ގޮތުގައި ރާއްޖޭގެ މައި މާކެޓިން ކުންފުނިން ފާހަގަ ކުރެއެވެ.

ދެކުނު އިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މެލޭޝިއާގައި ކުރިއަށް ދިޔަ މަޓާ 2023 އަދި ސިންގަޕޫރުގައި ކުރިއަށް ދިޔަ އެޑެކްސް އޯޝަން މިޝަން 2023 ގައި ރާއްޖެ ވަނީ ބައިވެރި އިސްތިހާރު ކޮށްފައެވެ. މީގެ އިތުރުން މި ސަރަހައްދުގައި މާކެޓު ކުރުމަށް، ނަސްޓަސް 2023 އަދި އައިޓީބީ އޭޝިއާގައި ވެސް ބައިވެރިވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.