Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ހައްޖަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމު މިއަދު މާލެ ވަޑައިގެންފި އެވެ.

އެ މަނިކުފާނަކީ މި އަހަރުގެ ދިވެހި ހައްޖާޖީންގެ އަމީރުލްހައްޖު ވެސް މެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ އެވެ. އަދި އެންމެ ފަހު ގްރޫޕް އަންނާނީ މި މަހުގެ 14 ގަ އެވެ.

ރާއްޖެ އިން މިއަހަރު ހައްޖަށް ހަތަރު މީހަކު ނިޔާވެފައިވެ އެވެ.