Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ގުރައިދޫ ބައި-އިލެކްޝަންގެ ކެންޑިޑޭޓުން ޖޫރިމަނާ!

މިދިޔަ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން އިލެކްޝަން ކޮމިޝަމުން ޖޫރިމަނާކޮށްފި އެވެ.

އެ އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ކަމަށްވާ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އާއި އެމްއެމްޕީގެ ކެންޑިޑޭޓް އަލީ އާރިފުގެ އިތުރުން ޕީޕީއެމްގެ ކެންޑީޑޭޓް ހުސައިން ރިޒާ ޖޫރިމަނާކުރީ 6،000ރ. އިންނެވެ.

އެ މީހުން ޖޫރިމަނާކުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާތީ އެވެ. ގާނޫނުގައިވާ ގޮތުން އިންތިހާބު ބާއްވާތާ ތިން ހަފުތާ ނުވަތަ 21 ދުވަހުގެ ތެރޭގައި ކެންޑިޑޭޓުންގެ މާލީ ބަޔާން އީސީ އަށް ހުށަޙަޅަން ޖެހެ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ އެޕްރީލް މަހުގެ 15 ގަ އެވެ.

އީސީން ބުނީ ކެނޑިޑޭޓުންގެ އިތުރުން، އެ މީހުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންވެސް ޖޫރިމަަނާކޮށްފައިވާ ކަމަށެވެ. އަދި ޖޫރިމަނާ
މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަންގާފައިވެ އެވެ.