ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް "ހިސޯރު" ކޮށްފައިވާ މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި "އިތުބާރު ގެއްލިފައިވާ" ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ ބައިވެރިން މަޖިލިސް "ހިސޯރު"ކޮށް އެކި ބަހަނާ ދައްކަވައިގެން މަޖިލިސް ޖަލްސާތަކަށް ހުރަސްއަޅާ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަންޖެހޭ ކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒަށް އެއްވެސް ފަރާތަކުން އަރައިގަތުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަން އަޅާނުލާ ދޫކޮށްލާނަމަ ޤާނޫނުގެ ބާރުކެނޑި ޤައުމު ބޮއްސުންލައިގެން ހިނގައިދާނެ ކަމަށެވެ.
"އަދި ވެރިކަމުގައި އަދި މަޖިލިސް ރައީސް މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ދޮރު ހުޅުވިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.
Majlisge Imthiyaz ah evves faraaithakun araigathumah furusath dhevigen nuvaane. Mifadha kan kan alhaa nulaa dhookollaana gaanoonge baaru kedi gaumu bossun laigen hingaidhaane.Adhi verikamuga adhi Majlis Raees magaamuge beynun nahama gothuga beynun kurumuge dhoru hulhuvigendhaane
— Ibrahim Shareef (@AdduShareef) July 4, 2023
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތަކެއް ނުނިންމާ އަދި މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ނުނިންމާ މަޖިލިސް ޗުއްޓީއަށް ގޮސްފައި އޮތުމުން އެމްޑީޕީގެ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މަޖިލީހުގެ ކޮމިޓީ މަސައްކަތްތައް ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު އެކަން ހައްލު ކުރުމަށް އިއްޔެ ވަނީ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ. އެެހެންނަމަވެސް ޖަލްސާ ކުރިއަށް ނުގެންގޮސް ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޖަލްސާ ނިންމާލާފައެވެ.