Last Updated: May 10, 11:20
Friday, May 10, 2024
ދުނިޔެ

ޓްވިޓާއާ ވާދަ އަށް ނެރެނީ "ތުރެޑްސް"

ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓައިން ޓްވިޓާއާ ވާދައަށް ނެރޭ އާ އެޕްގެ ނަމަކީ "ތުރެޑްސް" ކަމަށާއި އަންނަ ބުރާސްފަތީގައި އެ ލޯންޗްކުރަން ނިންމައިފި އެވެ.

މިހާރު މަހުޖަނު އީލޮން މަސްކްގެ މުށުތެރޭގައި އޮތް ޓްވިޓާއާ ވާދަ އަށް އެ ޒާތުގެ އެޕެއް މެޓައިން ލޯންޗްކުރަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އެޕް މިދިޔަ މަހުގެ ތެރޭގައި ލޯންޗްކުރާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ނަމަވެސް މިހާރު މެޓެއިން ވަނީ އާ އެޕް "ތުރެޑްސް" އަންނަ ބުރާސްފަތީގައި ލައިވްކޮށް ބާއްވާ އިވެންޓެއްގައި ލޯންޗްކުރާނެކަން ކަށަވަރުކޮށް ދީފަ އެވެ. މި އެޕް މީހާރު ވަނީ އެޕް ސްޓޯރީގައި ޕްރީ-އޯޑަރަށް ވެސް ދޫކޮށްލައިފަ އެވެ. މެޓައިން ސިފަކޮށްފައިވާ ގޮތުގައި "ތުރެޑްސް" ވާނީ ޓްވިޓާ ގޮތަށް "ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕް" އަކަށެވެ. މި އެޕް އިންނާނީ އިންސްޓަގްރާ ވެސް ލިންކް ކުރެވޭ ގޮތަށެވެ.

ޓްވިޓާއާ ވާދަ އަށް މެޓައިން އާ އެޕެއް ލޯންޗްކުރަން އެ ކުންފުނިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އީލޮން ޓްވިޓާ ބައްލަވައިގަތް ފަހުން "މީގެ އުނދަގޫ" ވަރަށް ބޮޑެވެ. އެގޮތުން އެންމެ ފަހުން ގެނައި ބަދަލަކީ ޓްވީޓްތައް ބެލޭ މިންވަރު ލިމިޓްކުރުމެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ތަފާތު ހޭޝްޓެގްތައް ހަދައިގެން ޓްވިޓާއާ ދެކޮޅަށް ދަނީ ކެމްޕޭންތަކެއް ވެސް ހިންގަމުންނެވެ.