Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

"ރޮކީ އޯރް ރާނީ" ގެ ވާހަކައިިން އިތުރު ބައެއް

މި މަހުގެ ފަހުކޮޅު ރިލީޒްކުުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ފުރަތަމަ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މީގެ ޓީޒާއެއް މިދިޔަ މަހު ދޫކޮށްލުމާ އެކީ ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ އިރު، ޓްރެއިލާ އިން ވަނީ ފިލްމަށް އޮތް ޝައުގުވެރިކަން އިތުރަށް ބޮޑުކޮށް ދީފަ އެވެ. ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ ރަންވީރް ސިންގް އާއި އާލިއާ ބަޓެވެ.

މި ފިލްމުގައި ކިޔައި ދޭނީ މި ދެ މީހުންގެ ރާންދުވާ އާއި ޗެޓަޖީ އާއިލާގެ ގުޅުންތަކެވެ. ވަރަށް ރީތި ވާނެ ކަމަށް އުންމީދުކުރެވޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ، ޖަޔާ ބައްޗަން، ޝަބާނާ އާޒްމީގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ފެންނާނެ އެވެ. އަދި މީގެ ހާއްސަ ފެނިލުންތަކުން އިންޑިއާގެ މަޝްހޫރު ބައެއް ޓީވީ ތަރިން ވެސް ފެންނާނެ އެވެ. އޭގެ ތެރޭހައި އަރުޖުން ބިޖްލާނީ، ޝްރަދާ އަރިއާ، ސްރިތީ ޖާ، ބާރްތީ ސިންގް އާއި އޭނަގެ ފިރިމީހާ ހާޝް ލިމްބާޗިއާ އަދި އަރިޖު ތަނޭޖާ ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ގަ އެވެ.

"ކުޗް ކިޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.