ޝޫޓިންއެއްގައި އުޅެނިކޮށް ކުރިމަތިވި އެކްސިޑެންޓަކާ ގުޅިގެން ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ކުޑަ ސާޖަރީއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން މިއަދު ބުނީ އެމެރިކާގެ ލޮސް އެންޖެލިސްގައި 57 އަހަރުގެ އެކްޓަރުގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ޝާހްރުކް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ސާޖަރީއެއް ހަދަން ޑޮކްޓަރު ލަފާ ދިނުމާ ގުޅިގެން އެ ސާޖަރީ އަށް އޭނަ ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޝާހްރުކް މި ވަގުތު އެންމެ ބިޒީކޮށް އުޅެނީ ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ޑައިރެކްޓަރު އެޓްލީގެ ފިލްމު "ޖަވާން" ގެ މަަސައްކަތުގެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ޓީޒާ އަންނަ ހުކުރު ދުވަހު އާންމުކުރާނެ އެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އެވެ. އަދި އޭނަގެ "ދުންކީ" އޮތީ ޑިސެމްބަރަށް ތާވަލުކޮށްފަ އެވެ.