Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ވަސީލަތްތައް ގާއިމުކުރުމުގައި ސަރުކާރުގެ ލެވެލް ތަފާތު

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގައި ސަރުކާރު އޮތީ އެހެން ލެވެލެއްގައި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި)، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި އޮންނާނެ ކަމަށެވެ.

މި މަޝްރޫއުތަކަށް ބޭނުންވާ 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި މި ދައުރުގައި މަސައްކަތްތައް ފެށި އަދި ނިންމާނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވަނީ ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ކަމަށް ވިދާޅުވެފަ އެވެ.

"ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިން އެހެން ލެވަލްއެއްގައި." އޭނާ ވިދާޅުވި އެވެ.

ޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކާއި، ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް މުޅިންހެން ބާއްވަމުން އަންނަނީ ގަލޮޅު ދަނޑުގަ އެވެ.