އަންނަ އޮގަސްޓްގައި ދިރާސީ އާ އަހަރު ފެށޭ އިރު، ހުރިހާ ސްކޫލްތަކަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މި މަހުގެ ތެރޭގައި ފޮނުވައި ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހާރު އަންނަނީ ފޮތްތައް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި މި މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވަނީ ބައްލަވާލައްވައިފަ އެވެ.
މިނިސްޓްރީން ބުނީ މި މަސް ނިމޭ އިރު، ހުރިހާ ސްކޫލަކަށް ވެސް ފޮތްތައް ފޮނުވައި ނިންމައިލެވޭނެ ކަމަށެވެ.
ދިރާސީ އާ އަހަރު ފެށުމަށް ސްކޫލުތަކުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް އެންމެ އިސްކަން ދީފެން ކުރިއަށްދާ އެއް ކަމަކީ މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން ހަމަކުރުމެވެ.
ދިރާސީ އާ އަހަރު ފެށޭނީ އޮގަސްޓް 6 ގަ އެވެ.