އައްޑޫ ސިޓީ ކައުންސިލަށް މިދިޔަ އާމްދަނީ ގޮތުގައި 8.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ކައުންސިލުން މިއަދު އާންމުކުރި މިދިޔަ މަހުގެ އާމްދަނީ ރިޕޯޓްގައިވާ ގޮތުން ޖޫން 1-30 އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8،931،821ރ. އެވެ. އަދި މިދިޔަ މަހުގެ ހަރަދަށް ހޭދަވެފައި ވަނީ 8،232،037ރ. އެވެ. އެއީ ރިކަރަންޓް ހަރަދަށް ހޭދަވި 7،706،748ރ. ގެ އިތުރުން ކެޕިޓަލް ހަރަދަށް ދިޔަ 525،289ރ. އާ އެކީގަ އެވެ.
މިދިޔަ މަހު ކައުންސިލްގެ ޖުމްލަ އާމްދަނީ 8.9 މިލިއަން ރުފިޔާ ލިބުނު އިރު، އޭގެ ތެރެއިން 6،507،368ރ. އަކީ ދައުލަތުން އެހީގެ ގޮތުގައި ދިން ފައިސާ އެވެ. ބާކީ 2،424،453 މިލިއަނަކީ ކައުންސިލަށް ސީދާ ގޮތުން ވަން އާމްދަނީ އެވެ.
ކައުންސިލުން މިދިޔަ މަހު ބޮޑު ހޭދައެއްކޮށްގެން އައްޑޫގައި ބޮޑު އީދު ފާހަގަކުރި އެވެ.