ވަރޫން ދަވަނާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަވާލް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 21 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައާ ގުޅުވައިގެން ހަދާފައިވާ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރި "ބަވާލް" ގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ. އޭނަ އަކީ "ޗިޗޯރޭ" އާއި "ޑަންގަލް" ވެސް ގެނެސްދިން ޑައިރެކްޓަރެކެވެ.
"ބަވާލް" ގެ ޓީޒާ އިން ފެންނަ ގޮތުގައި މި ފިލްމަކީ ބެލުންތެރިންގެ ހިތްތަކާ ވަރަށް ކުޅެލާނެ ކަހަލަ އަދި ވަރަށް ތަފާތު ގޮތަކަށް ގެނެސްދީފައިވާ ފިލްމަކަށް ވާނެ އެވެ.