ނަސްލީ ގޮތުން ދެރަކޮށްލުމުގެ ގޮތުން އާދައިގެ މަސައްކަތު މީހެއްގެ މޫނަށް ކުޑަކަމުދިޔަ މީހަކު އިންޑިއާގެ މަދިއަޕްރަދޭޝް އިން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއާ ގުޅިގެން ހައްޔަރުކުރީ ވެރިކަންކުރާ ބީޖޭޕީ އަށް ނިސްބަތްވާ ޕްރަވޭޝް ޝުކްލާ ކިޔާ މީހެކެވެ. އޭނަ ހައްޔަރުކޮށް މައްސަލަ މިހާރު އިތުރަށް ތަހީގީގުކުރަމުން އަންނަ އިރު، އިދިކޮޅު ކޮންގްރެސް އިން ބުނެފައިވާ ގޮތުގައި ޕަރްވޭޝްގެ އެ އަމަލަކީ ބީޖޭޕީން ހިތްވަރު ދީގެން ކުރި ކަމެކެވެ. އެކަމަކު އެ ޕާޓީން އެކަން ދޮގުކޮށްފައިވެ އެވެ.
ޕްރަވޭޝް އަކީ މަދިއަ ޕްރޭދޭޝްގައި ހަރަކާތްތެރިވާ ބީޖޭޕީގެ އިސް މީހެކެވެ.
ވައިރަލްވި ވީޑިއޯގައި ފެންނަނީ މަގެއްގެ މަތީގައއި އިށީނދެގެން އިން މީހެއްގެ މޫނަށް ޕަރްވޭޝް ކުޑަކަމުދާ ތަނެވެ. އޭރު އޭނަ ހުންނަނީ ސިނގިރެޓެއް ވެސް ބޯލަބޯލަ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ އަމަލު ހިންގި އިރު، ޕަރްވޭޝް ހުރީ މަސްތުގެ ހާލަތުގަ އެވެ.
އެ ވީޑިއޯ ވައިރަލްވުމާ އެކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ ޕްރަވޭޝް ހައްޔަރުކުރަން ގޮވާފައިވެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، ފުލުހުން ބުނީ މިއީ ސީދާ ކިހިނެއްވެގެން ހިންގި އަމަލެއތޯ ބުނަން އެނގޭނީ ތަހުގީގުކޮށް ނިމުމިން ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއާ އިންޑިއާގެ ފްލައިޓެއްގެ ތެރޭގައި ދުވަސްވީ އަންހެނެއްގެ ގަޔަށް ކުޑަކަމުދިޔަ މީހަކު ވެސް ހައްޔަރުކުރި އެވެ.