މަހުޖަހުންނަށް ވިއްކަން ރާއްޖޭގައި ލަގްޒަރީ ވިލާތަކެއް އެޅުމަށް ނިންމައިފި އެވެ.
މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ކ. ވިލިވަރުގަ އެވެ. އެގޮތުން ވިލިވަރުގައި 13 ލަގްޒަރީ ފްލޯޓިން ވިލާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް) އާއި ފިންލެންޑްގެ މޭޔާ ފްލޯޓިން ސޮލިއުޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި ޕްރޮޖެކްޓުގެ އަގު 200 މިލިއަން ޑޮލަރަށް އަރަ އެވެ.
މި ވިލާތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު ވިލާތައް ވިއްކުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލައިގެންނެވެ.
އެޗްއޭއާރްއައިއެމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މި ކޮންސެޕްޓަށް ރާއްޖޭގެ އެހެން ރަށްތަކުގައިވެސް އަލްޓްރާ ލަގްޒަރީ ވިލާތައް އެޅުމަށްޓަކައި ބައެއް ތަންތަން ބަލަމުންދާ ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަކީ އޭނާގެ ހުވަފަނެއް ކަމަށްވެސް ވިދާޅުވި އެވެ.