Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކޮމިއުނިޓީ ސެންޓަރުތައް ތަފާތު ޑިޒައިނަކަށް

ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި މިހާރު ކޮމިއުމިޓީ ސެންޓަރު ނުވަތަ ޔޫތު ސެންޓަރުތައް ހަދަމުން އަންނަނީ ވަރަށް ތަފާތު ޑިޒައިންތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެގޮތުން މިހާރު ހއ. އިހަވަންދޫގައި ނިމި ހުޅުވަން ތައްޔާރުވަމިން އަންނަ ކޮމިއުނިޓީ ސެންޓަރުގެ ފޮޓޯތަކަކާ އެކީ އޭނަ ވިދާޅުވީ މިއީ ކުރެހުމެއް ނޫން ކަމަށެވެ.

މަހުލޫފު ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ސެންޓަރުތަކުގައި ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމިއްޔާތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހޭނެ އެވެ. އަދި އިތުރު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ އެވެ.

އޭނަ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި 31 ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އައްޑޫގެ ބައެއް އަވަށްތަކުގައި ވެސް ކޮމިއުނިޓީ ސެންޓަރުތަކެއް ހަދަން ބީލަމަށް ލާފައިވެ އެވެ.