Last Updated: July 19, 09:30
Sunday, July 19, 2026
ދުނިޔެ

މޭޔަރަކު ކިނބުލަކާ ކައިވެނިކޮށްފި!

މެކްސިކޯގެ ކުޑަ އަވަށެއްގެ މޭޔަރަކު ކިނބުލަކާ ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ކުލަގަދަ ހަފުލާއެއްގައި 7 އަހަރުގެ ކިނބުލަކާ މިދިޔަ ހުކުރު ދުވަހު ކައިވެނިކުރީ ސެން ޕެޑްރޯ ހުއަމެލޫލާގެ މޭޔަރު ވިކްޓާ ސޯސާ އެވެ. މި ކައިވެނީގެ ހަފުލާގައި މޭޔަރާއި ކިނބޫ ވެސް ކައިވެންޏަށް ބޭނުންކުރީ ހުދު ކުލައިގެ ހެދުމެވެ.

ކައިވެނީގެ ހަފުލާގައި "ލިޓްސް ޕްރިންސެސް" ގެ ނަން ދީފައިވާ ކިނބޫގެ ތުންގަނޑު އޮތީ އައްސައިފަ އެވެ. ކައިވެނީގެ ހަފުލާގައި ހަފުލާގައި އަވަށުގެ ގިނަ ބަޔަކު ބައިވެރިވެ، ލަވަކިޔައި، ނަށައި، އުފާފާޅުކޮށް ހެދި އެވެ.

މި ކައިވެންޏާ ބެހޭ ގޮތުން ބުނެފައި ވަނީ ކިނބުލަކީ ބަރަކާތްތެރި އެއްޗެއް ކަމަށާއި އޭގެ ސަބަބުން އިންސާނުގެ ހަޔާތަށް ތިޔާގިކަމާއި ފާގަތިކަން އަންނަ ކަމަށެވެ.