އިންޑިއާގެ މަަޝްހޫރު އެކްޓަރު ޕްރަބާސްގެ އާ ފިލްމު "ސަލާރު" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް އަދި ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާވެރިއެއް ވެސް ކުރި "ކޭޖީއެފް" ގެ ދެ ފިލްމު ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޕްރަޝާންތު ނީލް ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަދި 25 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ސަލާރު" ގެ ކާސްޓްގައި ޕްރިތުވީރާޖް ސުކްމަރަން، ޝްރޫތީ ހަސަން، ޓިނޫ އާނަންދު ޖަގަޕަތީ ބާބޫ، ސްރިޔާ ރެޑީ، ރާމަޗަންދުރަ ބާބޫ އަދި މަދޫ ގުރުސްވާމީ ހިމެނެ އެވެ.
"ސަލާރު" ގެ ޓީޒާ މިއަދު ދައްކައިލި އިރު، މިދިޔަ މަހު ރިލީޒްކުރި ޕްރަބާސްގެ ހުރާފީ ފިލްމު "އާދިޕުރުޝް" އަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭގެ ވިޔަފާރި އަށް ވެސް ވަރަށް ނުރަނގަޅު އަސަރެއްކުރި ފިލްމަކަށެވެ. އެހެންވެ މި ސަބަބާ ހެދި "ސަލާރު" އަކީ "އާދިޕުރުޝް" ގެ މަތިން ބެލުންތެރިން ހަނދާން ނައްތަލާލެވޭ ވަރުގެ ފިލްމަކަށްވުން ޕްރަބާސް އަށް ވަރަށް މުހިއްމު ވާނެ އެވެ.
ޔަގީން ކަމަކީ މިއީ ޕްރަޝާންތުގެ ފިލްމަކަށްވާތީ ކޮންޓެންޓުންގެ ގޮތުގައި ވަރަށް މޮޅު ފިލްމަކަށްވާނެކަމެވެ.