Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އަދީބަށް ފަރުވާ ދެނީ ނާރުގެ ބައްޔަކަށް

ރެއިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދެނީ ނާރުގެ ސީރިއަސް ބައްޔަކަށް ކަމަށް އޭނަަ ނިސްބަތްވާ ޕާޓީން ބުނެފި އެވެ.

މޯލްޑިވްސް ތާޑްވޭ-ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އަދީބު ނާރުގެ ބައްޔަކަށް ޑައިގްނޯޒްވިކަން އެނގުނީ ގެންދެވި ތިން އަހަރުގެ ޖަލު ބަންދަކަށް ފަހު ގޭބަންދަށް ބަދަލުކުރި ފަހުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ރޭ އިރާކޮޅު އަދީބު އައިޖީއެމްއެޗަށް ގެންދިޔައީ ހޭނެތިގެންނެވެ. އަދި އޭނަގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެމްޑީޓީން ބުންޏެވެ.

އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ. ހިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުން ޔާމީނަށް ވެސް ބޮޑެތި މަންފާތަކެއް ލިބިވަޑައިގެންފައިވެ އެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެ ވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސް އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ދެ މިލިއަން ރުފިޔާ ޖޫރިމަނާކުރި އެވެ. ދައުލަތުން އަދީބާ އެކު އިއުތިރާފު އެއްބަސްވުމެއް ވެސް ހަދައި އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސްފައިވެ އެވެ.