Last Updated: May 10, 09:53
Friday, May 10, 2024
ދުނިޔެ

"ތުރެޑްސް" އަށް 10 މިލިއަން މީހުން

މެޓަ އިން މިއަދު ލޯންޗްކުރި އާ އެޕް، "ތުރެޑްސް" ބޭނުންކުރާ މީހުން އަދަދު ދިހަ މިލިއަނަށް އަރައިފި އެވެ.

ލޯންޗްކުރިތާ ހަތް ގަޑިއިރު ތެރޭގައި 10 މިލިއަން މީހުން އެ ބޭނުންކުރަން ފެށުމާ ގުޅިގެން މެޓައިން ވަނީ އެކަން ވަރަށް ބޮޑު ކާމިިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. މެޓައިން ބުނި ގޮތުގައި "ތުރެޑްސް" ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބާރު ސްޕީޑްގައި އިތުރުވަމުން އަންނަ، އުންމީދަކީ އެ އަދަދު ވަރަށް އަވަހަށް ބިލިއަނަކަށް އެރުމެވެ.

މި އެޕް މިހާރު ގޫގުލް ޕްލޭސްޓޯރުންނާއި އެސް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެެ. "ތުރެޑްސް" އިންނަނީ އިންސްޓްރާމް މެދުވެރިކޮށް އެކްސެސްވެވޭ ގޮތަށް، އެކަމަކު ދެ އެޕް އެކަތި އަނެއްކައްޗާ އިންޓަ-ލިންކްވެ މަސްހުނިނުވާ ގޮތަށެވެ. "ތުރެޑްސް" ގައި 500 އަކުރުން ޓެކްސްޓްކުރެވޭނެ އެވެ. އަދި އިންސްޓަގްރާމް ގޮތަށް ފޮޓޯ އާއި ވީޑިއޯތައް ވެސް ޕޯސްޓްކުރެވޭނެ އެވެ.

"ތުރެޑްސް" އަކީ ޓްވިޓާއާ ވާދައަށް ނެރުނު އެއްޗަކަށް ވިޔަސް މީތި އިންނަނީ އިންސްޓްގާރާ ދާދި އެއްކަހަލަ ޑިޒައިނަކަށެވެ.

މި އެޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތް ފަހުން އެއަށް ގެންނެވި އެކި ކަހަލަ ބަދަލުތަކާ ހެދި ވަރަށް ގިނަ ބަޔަކު ތިބީ ނުރުހިފަ އެވެ. އެހެންވެ ބައެއް މީހުން މިހާރު ޓްވިޓާ ސިފަކުރަނީ ފާޑެއްގެ "ތުރާލެއް" ގެ ގޮތުގަ އެވެ.