Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ދިވެހި އިތުރު ހައްޖާޖީއަކު ނިޔާވެއްޖެ

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހއ.ކެލާ، ސީސާންގެ، އަލީ ގާސިމް، 81 އަހަރު، މަދީނާގެ ހޮޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖާޖީއެކެވެ.

މިއީ މިއަހަރު ހައްޖަށްދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ހަތަރު ވަނަ މީހާއެވެ.