Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

އެމްޕީއެލް އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

އެމްޕީއެލް އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން / ފޮޓޯ: އެމްޕީއެލް

ސާނަވީ އަދި މަތީ ސާނާވީ ދަރިވަރުންނަށް ހާއްސަކޮށްގެން އެމްޕީއެލްއިން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ބުނީ އެކުންފުނީގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލުމުން 200 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރު މި ޕްރޮގްރާމަށް ކުރިމަތިލި މީހުންގެ އަދަދާއި އަޅާ ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއާއެކު ބައެއް ދާއިރާތަކަށް ކަނޑައެޅިފައިވާ ޖާގަތައް އިތުރުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ނިންމާފައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި އަހަރު މި ޕްރޮގްރާމަށް 18 ދަރިވަރަކުން ވަނީ ހޮވިފައެވެ. ޕްރޮގްރާމް ކުރިއަށް ދާނީ ޖޫން 25 އިން އޯގަސްޓް މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް، މަސައްކަތުގެ މާހައުލުގައި ޢަމަލީ ހުނަރު ދަސްކޮށްދީ، ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމުގައި 7 ދާއިރާއަކުން ބައިވެރިން ތަމްރީން ހާސިލް ކުރާނެއެވެ. އެއީ މެކޭނިކްލް، ސިވިލް، މެރީން އަދި އެލެކްޓްރިކަލް އިންޖިނިއަރިންއާއި، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް ޑެވެލޮޕްމެންޓް އަދި މާކެޓިންގެ ދާއިރާއިންނެވެ.

އެމްޕީއެލްގެ ލާނިންގް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ހިންގަން މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިދިޔަ ފެބްރުއަރީ މަހު ނިންމައި ސެޓްފިކެޓް ދީފައިވެއެވެ.