Last Updated: May 10, 06:02
Friday, May 10, 2024
ދުނިޔެ

މައިކްރޮސޮފްޓް ވެސް ތިން ޓްރިލިއަނާ ދިމާއަށް

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓްގެ އަގު ވެސް އަންނަ އަހަރު ތިން ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.

އެ ކުންފުނީގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން މައިކްރޮސޮފްޓްގެ ތެރެއިން މިހާރު ފަހިވަމުން، ފުޅާވަމުން އަންނަ "މޮނެޓައިޒޭޝަން" އާ އެކީ ކުންފުނީގެ އަގު އަންނަ އަހަރުގެ ކުރީކޮޅު ތިން ޓްރިލިއަން ޑޮލަރަށް އަރާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. މައިކްރޮސޮފްޓުން މިހާރު އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައިއޭ) އާ އެކީ "ޗެޓްޖީޕީޓީ" އަށް ވަރަށް ބޮޑަށް އިންވެސްޓްކުރަމުންނެވެ.

މީގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑު ހެޔޮ ބަދަލު އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށް މައިކްރޮސޮފްޓްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެ ކުންފުނީގެ ދެ ޓްރިލިއަން ޑޮލަރަށް އެރީ 2021 ގެ ޖޫން މަހުގެ ތެރޭގަ އެވެ. މިހާތު މައިކްރޮސޮފްޓްގެ އަގު 2.5 ޓްރިލިއަން ޑޮލަރަށް އަރާ އިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފައިދާ 30 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މިހާތަނަށް ތިން ޓްރިލިއަން ޑޮލަރަށް އަގު އެރި ކުންފުންޏަކީ އެމެރިކާގެ އެޕަލް ކުންފުންޏެވެ.

މައިކްރޮސޮފްޓަކީ މީގެ 48 އަހަރު ކުރިން އެޕްރީލް 4، 1975 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 221،000 އަށް ވުރެ ގިނަ އެވެ.