Last Updated: May 10, 11:47
Friday, May 10, 2024
ދުނިޔެ

ޓިކްޓޮކުން މިއުޒިކް ސްޓްރީމިން ލޯންޗްކޮށްފި

މިއުޒިކްގެ ބޮޑު ތިން ކުންފުންޏަކާ ގުޅިގެން ޓިކްޓޮކުން އޭގެ އަމިއްލަ މިއުޒިކް ސްޓްރީމިން ހިދުމަތެއް މިއަދު ލޯންޗްކޮށްފި އެވެ.

ޕްރީމިއަމް ހިދުމަތެއްގެ ގޮތުގައި ޓިކްޓޮކްގެ "ސޯޝަލް މިއުޒިކް ސްޓްރީމިން ސާވިސް" އެންމެ ފުރަތަމަ ތައާރަފުކުރީ އިންޑޮނީޝިއާ އާއި ބްރެޒިލްގަ އެވެ. އަދި މި ހިދުމަތް މަސް ދުވަހަށް ހިލޭ ލިބޭނެ އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ބުނި ގޮތުގައި މިއަދު ލޯންޗްކުރި މިއުޒިކް ސާވިސްއާ އެކީ އެތަނުން "ރެސޯ" ގެ ނަމުގައި ކުރިން ދެމުން އައި ސްޓްރީމިންގެ ހިދުމަތް އަންނަ ސެޕްޓެމްބަރު މަހުގެ 5 ގައި މުޅިން ޕްރީމިއަމް ހިދދުމަތަކަށް ވެސް ބަދަލުވާނެ އެވެ. މި ބަދަލަށް މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ޓިކްޓޮކުން ބުނީ މިއުޒިކް ސްޓްރީމުން ހިދުމަތް ތައާރަފުކުރީ އެ ޕްލެޓްފޯމަކީ މިއުޒިކާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއްޗަކަށްވާތީ ކަމަށެވެ. އެގޮތުން މި ހިދުމަތާ އެކީ، މިހާރަށް ވުރެ ބޮޑަށް ޓިކްޓޮކް ބޭނުންކުރާ މީހުންނާއި އޭގެ ކްރިއޭޓަރުންގެ އުފެއްދުންތެރިކަން ކުރިއަރުވަން މަގިފަހިވެގެން ދޭނެ ކަމަށް ބުންޏެވެ.

ނަމަވެސް އާންމުކޮށް ހުރިހާ ހިސާބަކަށް ޓިކްޓިކްގެ މިއުޒިކް ސްޓްރީމިން ހިރުމަތް ދޫކޮށްލާނެ އިރަކާއި މި ހިދުމަތަށް ނަގާނެ އަގެއް އަދި ހާމައެއްނުކުރެ އެވެ. ޓިކްޓޮކްގެ މިއުޒިކް ސްޓްރީމާ ގުޅިފައިވާ ކުންފުނިތަކަކީ ޔުނިވާސަލް މިއުޒިކް ގްރޫޕާއި ވޯނާ މިއުޒިކް ގްރޫޕްގެ އިތުރުން ސޮނީ މިއުޒިކެވެ.

މިއުޒިކް ސްޓްރީމިންގައި މިހާރު އެންމެ ނަގާކިޔާ ކުންފުންޏަކި ސްޕޮޓިފައި އެވެ.