Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޗައިނާ މާކެޓުން

ޗައިނާ ބެއިޖިން ކެޕިޓަލް އެއާލައިންސް ރާއްޖެ އަލުން ދަތުރު ފެށުން / ފޮޓޯ: އެމްއޭސީއެލް

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާ މާކެޓުންކަން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ކޮންމެ މަހަކުވެސް އާންމު ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޗައިނާ މާކެޓުން ޖުމްލަ 17،028 މީހުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑުގެ ފަހުން ޗައިނާ މާކެޓުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. މި މާކެޓު އެއްވަނަ ހޯދިއިރު މިއީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަށްނަމުން ދިޔަ މާކެޓްވެސް މެއެވެ.

ކޯވިޑުގެ ފަހުން އެންމެ ރަނގަޅު ގިނަ އެވެރެޖް ގޮތެއްގައި ކުރީގައި އޮތީ އިންޑީއާ މާކެޓެވެ. ނަމަވެސް މި ޖޫން މަހު އިންޑިއާ ވަނީ 16،532 މީހުންނާއި އެކު ދެވަނަ އަށް ޖެހިލާފައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ތިންވަނައަށް އައިސްފައިވަނީ ރަޝިއާއިންނެވެ. އެ މާކެޓުން 14.608 މީހުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޖޫން މަހު އެންމެ ރާއްޖެއަށް ޖުމްލަ 120،363 މީހުން ޒިޔާރަތް ކުރިއެވެ. އިމިގްރޭޝަނުން ބުނާ ގޮތުގައި މިދިޔަ މަހު އެވްރޭޖްކޮށް ދުވާލެއްގެ މައްޗަށް 4012 މީހުން ޒިޔާރަތްކޮށްފައިވެއެވެ. އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 5،730 މީހުން ޒިޔާރަތް ކުރިއިރު، މިމަހުގެ 20 ވަނަ ދުވަހަކީ އެންމެ މަދުން މީހުން ޒިޔާރަތް ކުރި ދުވަހެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 2،776 މީހުންނެވެ. މިދިޔަ އަހަރު ޖޫން މަހާއި އަޅައި ބަލާއިރު ފަތުރުވެރިން އަދަދު ވަނީ 8.5 އިންސައްތަ އިތުރުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މި ހިނގާ ޖުލައި މަހު މެދެއްހާ ހިސާބު ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު 1 މިލިއަނަށް އަރާނެވެ. އަދި މިއަހަރު ޖުމްލަ 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އެމިނިސްޓްރީން ލަފާ ކުރެއެވެ.