Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު

ދިހަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު ބާއްވަން ނިންމައި، ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެވޯޑް ހަފުލާ އިންތިޒާމްކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ މި ފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 2019-2022 އަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު ލިިބޭނެ އެވެ. އަދި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

އެވޯޑު ހަފުލާ އޮންނާނީ އަންނަ މަހުގެ 5 ގަ އެވެ.

މިއީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ދެމުން އަންނަ އެވޯޑެކެވެ.