Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

އެސްޑީއެފްސީގެ ބޯޑަށް ފޭދޫ ލަމްހާ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޑޫ ފޭދޫ ފާތުމަތު ލަމްހާ ޒަފަރު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު އޭނަ (އެސްޑީއެފްސީ) ބޯޑްގެ އެގްޒެކެޓިވް މެމްބަރެއްގެ މަގާމަށެވެ. ލަމްހާ އެ މަގާމަށް އައްޔަންކޮށް ޕްރައިވެޓައިޒޭޝަން ބޯޑުން މަރުހަބާ ކިޔާފައިވެ އެވެ.

އެސްޑީއެފްސީ އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިއެރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެވެ.

މި ކުންފުނީގެ ބޯޑަށް ލަމްހާ އައްޔަންކުރި އިރު އޭނަ އަކީ 2019 ގައި މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވަސިޓީން ޓެކްނޯޕްރޮނޯޝިޕުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އަދި 2010 ގައި ލަމްހާ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީން ބެޗްލާ އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިން ވެސް ހާސިލުކޮށްފަ އެވެ. މީގެ އިތުރުން އޭނަ އޭސީސީއޭގެ ޕާޓް 2 ވެސް ފުރިހަމަކޮށްފައިވެ އެވެ.

ލަމްހާ ކުރިން އަދާކުރި މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ސެކްރެޓަރީގެ މަގާމާއި ހެޑް އޮފް ބިޒްނެސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ހެޑް އޮފް ބިޒްނެސް ޑިވެލޮޕްމަންޓްގެ މަގާމާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސީނިއާ އޮފިސަރުގެ މަގާމުގެ އިތުރުން އެފްޖޭއެސް އެސޯސިއޭޓްސްގެ އޮޑިޓް ސުޕަވައިޒަރުގެ މަގާމު ހިމެނެ އެވެ.

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްހާ އައްޔަންކުރި އޭނަ ހުރީ އެ ކުންފުނީގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގަ އެވެ. އަދި އެ ކުންފުނީގެ ނޮން އެގްޒެކެޓިވެއްގެ މަގާމު ވެސް އޭނަ އަދާކޮށްފައިވެ އެވެ.