ހައްޖުގެ އަޅުކަމަށް ފަހު ރާއްޖޭހެ ހައްޖާޖީން މިއަދު އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.
އެގޮތުން މިއަދު ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އައިސްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ހުރިހާ ހައްޖާޖީން އެނބުރި އައިސް ނިމޭނީ މި މަހުގެ 14 ގަ އެވެ. ރާއްޖެ އަށް މި އަހަރު 1،000 ހައްި ކޯޓާ ލިބުނު އިރު، އެންމެ ގިނަ މީހުން ހައްޖަށް ދިޔައީ ހައްކު ކޯޕަރޭޝަންގަ އެވެ. ދެން މި އަހަރު މީހުން ހައްޖަށް ގެންދިޔައީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ އަލް މަނާސިކްގެ އިތުރުން ސިސިލްފަރާއި އަލް ހަރަމައިން އެވެ. އެއިން ކޮންމެ ގްރޫޕަކަށް ދިނީ 90 ހައްޖު ކޯޓާ އެވެ.
މި އަހަރު ރާއްޖޭގެ އަމީރުލްހައްޖަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަނިކުފާނު ވަނީ މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންގަ އެވެ.