Last Updated: May 10, 11:47
Friday, May 10, 2024
ދުނިޔެ

ތުރެޑްސް އަށް ޓްވިޓާ އިން އިންޒާރު ދީފި

"ކޮޕީކެޓެއް" ކަމަށް ބުނެ އެކަމާ ގުޅިގެން ދައުވާކުރާނެކަމުގެ އިންޒާރު ޓްވިޓާ އިން ތުރެޑްސް އަށް ދީފި އެވެ.

އިއްޔެ ލޯންޗްކޮށް މިހާރު 30 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ތުރެޑްސް އަކީ ޓްވިޓާއާ ވާދަ އަށް މެޓައިން ލޯންޗްކުރި އެޕެކެވެ. މާކް ޒަކަބާގްގެ މެޓަ އަކީ ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސްއެޕާއި މެސެންޖާ ފަދަ މަގުބޫލުތައް ޕްލެމޯޓްތައް ހިންގާ ކުންފުންޏެވެ.

ތުރެޑްސް "ބޮޑު ހިޓަކަށްވެ" ޓްވިޓާ އަށް މިހާރު ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް މަހުޖަނު އީލޮން މަސްކްގެ ޓްވިޓާ އިން ބުނީ ތުރެޑްސް އަށް ދައުވާކުރަން ނިންމީ ކޮޕީކޮށް، ހައްގަކަށް އަރައިގެންފައިވާތީ ކަމަށެވެ.

އީލޮން ވިދާޅުވީ ވާދަވެރި ކަމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މައްސަލަ އަކީ ސީދާ ޓްވިޓާ ކޮޕީކުރުން ކަމަށާއި އެއީ މަކަރާއި ހީލަތް ހެދުން ކަމަށް ވިދާޅުވި އެވެ. އެހެންވެ އެކަން ބަލައިނުގަނެވޭނެ ކަމަށާއި މިހާރު ނިންމީ ތުރެޑްސް ގޮވައިގެން ކޯޓަށް ދާން ކަމަށް ވިދާޅުވި އީލޮން ވިދާޅުވި އެވެ. ޓްވިޓާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި ތުރެޑްސް ހަދާފައި އޮތީ ޓްވިޓާގައި އުޅުނު ބަޔަކު ވެސް ބޭނުންކޮށްގެންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ ތުރެޑްސްގައި ވައިގައި ހިފައި، އެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކީ އެކަމުހެ ނުތަނަސްކަމާ އެކީ ޓްވިޓާ އިން ނުރުހުން ފާޅުކޮށް މެޓަ އަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އަދި ސިޓީގައި ވަދަށް ސީދަލަށް ތުރެޑްސް "ކޮޕީކެޓެއް" ގޮތަށް ސިފަކޮށްފައިވެ އެވެ.

ނަމަވެސް ޓްވިޓާ އިން ކުރާ ތުހުމަތުތައް މެޓައިން އެހާ ސީރިއަސްކޮށެއް ނުނަގަ އެވެ.

ތުރެޑްސް އަކީ އިންސްޓަގްރާމާ ދާދި އެއްފާޑަކަށް އެކަމަކު ޓްވިޓްކުރެވޭ ޓެކްސްޓްކުރެވޭ އެޕެކެވެ. އަދި އޭގައި 500 އަކުރާ ހަމައަށް ލިޔެވެ އެވެ.

މެޓައިން ބުނި ގޮތުގައި އަމާޒަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ޓްވިޓާ އަށް ނުހޯދައިދެވުނު ހުޅުވާލެވިފައި ފުރުސަތު ތުރެޑްސް އޮން ހޯދައި ދިނުމެވެ. އަދި މި ބޭނުންކުރާ މީހުންގެ އަދަދު ވަރަށް އަވަހަށް ބިލިއަނަކަށް އަރާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.

ޓެކް ދުނިޔޭގެ ދެ މަހުޖަނުން ކަމަށްވާ އީލޮން އާއި ޒަކަބާގް މިހާރު ކޯޓް ކޭހަކާ ކުރިމަތިލާން ތައްޔާރުވާ އިރު، މި ދެ މަހުޖަނުންގެ ކޭޖް ފައިޓަކަށް ވެސް ދާދި ފަހުން އޮތީ އެއްބަސްވެފަ އެވެ.