Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ނީނާ" ގެ ތިން ލުކް ދައްކާލައިފި

އަންނަ މަހު އޮލިމްޕަހަށް ގެންނަ ފިލްމު "ނީނާ" ގައި އޭގެ ޓައިޓްލް ރޯލު ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) ފިލްމުން ފެންނާނެ ތިން ލުކް މިއަދު ދައްކާލައިފި އެވެ.

މިއީ ވަރަށް ތަފާތު އަންހެން ކެރެކްޓާއެއް ފެންނާނެ ކްރައިމް ތުރިލާއެކެވެ. "ނީނާ" ގައި ނުޒޫ ކުޅެފައި ވަނީ މީގެ ކުރިން ދިވެހި ފިލްމަކުން ބަތަލާއަކު ނުފެންނަހާ ތަފާތު ރޯލަކުންނެވެ. މި ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނަ މާޝަލް އާޓްސް ވެސް ދަސްކުރި އެވެ.

"ނީނާ" އަކީ ނުޒޫ ބަތަލާގެ ރޯލު ކުޅުނު 2019 ގެ ފިލްމު "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފީޗާ ފިލްމެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝު ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.

އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މިދިޔަ ހަފުތާގައި ވަނީ ޕްރޮމޯޝަނަލް ލަވަ "އަލިފާން' ވެސް ދައްކާލައިފަ އެވެ.

"ނީނާ" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.