Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ކަނޑު މަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ހިގައި ދެމީހަކަށް އަނިޔާވެއްޖެ

މިރޭ 20:26 ހާއިރު މަސްކިރާ ބޯޓަކާއި ހިތަދޫ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ އާ ދިމާ ބޭރުން ހައޮޑިގަލާއާއި މާހޮޓިގަލާ ދެމެދުގައި މަސްކިރާ ބޯޓުގައި ޖެހިފައިވަނީ ހިތަދޫ "ޝާން" ދޯނިއެވެ.

މިހާދިސާގައި އަނިޔާވި ދެމީހުން ފުލުހުންގެ އެހީތެރިކަމުގައި ގދ. ފަރެސް މާތޮޑާއަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ގދ. އަތޮޅަށް މޫސުން ގޯސްވުމުގެ ސަބަބުން ދޯންޏަށް އެހީތެރިކަން ފޯރުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިހާދިސާގައި ދޯނީގެ ވީލް ހައުސް އާއި ދިމާލުން ބޮޑުތަނެއް ހަލާކުވެފައިވާ އިރު ދޯންޏަށް އެހީތެރިވުމަށް ކޯސްޓް ގާޑު ދަނީ ހަރަކާތްތެރިވަމުންނެވެ.