ޗެލްސީ އަށް ކުޅެމުން އައި އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އޭސީ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.
ޕުލިސިޗް ،24، މިލާނަށް ބަދަލުވާނީ 18.8 މިލިއަން ޕައުންޑްގެ އަގެއްގަ އެވެ. ޕުލިސިޗްގެ ޓްރާންސްފާ ފީއާ ގުޅޭގޮތުން ދެ ކްލަބުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން 2019 ގައި 58 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ޕުލިސިޗަށް އެ ކްލަބުގައި އެއް ފެންވަރެއްގައި ކުޅުން ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ. ޗެލްސީ އަށް 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް ޕުލިސިޗް އަދާކުރިއިރު މިދިޔަ ސީޒަނުގައި އޭނާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ޗެލްސީ އަށް ކުޅެދިނީ 25 މެޗެވެ.
ޕުލިސިޗްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް ޗީކް ވެސް ދާދިފަހުން ވަނީ މިލާނާއި ގުޅިފަ އެވެ.