Last Updated: May 10, 19:25
Friday, May 10, 2024
ދުނިޔެ

ވަންޕްލަސްގެ ފަށްޖެހޭ ފޯނު އޮގަސްޓްގައި

ޗައިނާގެ ވަންޕްލަސްގެ ފަށްޖެހޭ ފޯނު އަންނަ މަހުގެ ތެރޭގައި ލޯންޗްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ކުންފުނިން ފަށްޖެހޭ ފޯނަކަށް މަސައްކަތްކުރާތާ ދުވަސްތަކެއްވެފައިވާ އިރު، އެކި ފަހަރު މަތިން ފޯނުގެ ޑެމޯތަކެއް ވެސް ދައްކާލައިފި އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި އަންނަ މަހުގެ ތެރޭގައި ފަތްޖެހޭ ފޯނު ލޯންޗްކުރުމުގެ ތައްޔާރީތައް ވަންޕްލަސް އިން މިހާރު އަންނަނީވަމުންނެވެ. އެކަމަކު ސީދާ ވަޖި ތާރީހެއް އަދި ސާފެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަންޕްލަސްގެ ފަށްޖެހޭ ފޯނުގެ ނަމަކީ "ވަންޕްލަސް ވީ ފޯލްޑް" އެވެ. ނަމަވެސް ޓެކް ކުންފުނުތަކުގެ އުފެއްދުންތަކާ ގުޅޭ ޚަބަރުތައް ތިލަކޮށްދޭ މެކްސް ޖަމްބޯ ބުނި ގޮތުގައި ފޯނަށް ކިޔާނެ އިތުރު ނަންތަކެއް ޝޯޓްލިސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ވަން ޕްލަސް އޯޕަން"، "ވަންޕްލަސް ވިންގް" އަދި "ވަންޕްލަސް އެޖް" ހިމެނެ އެވެ.

ވަންޕްލަސްގެ ފަސްޖެހޭ ފޯނާ ބެހޭ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު ވަރަށް ވާދަވެރި މާކެޓެއްގެ ގޮތުގައި ކުރިއަރާފައިވާ ސްމާޓްފޯނުގެ ވިޔަފާރި ވަންޕްލަސް ނުކުތީ މީގެ 9 އަހަރު ކުރިން 2013 ގަ އެވެ. މިއީ ފޯނު އުފައްދާ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އޮޕޯގެ ސަބްސިޑަރީއެކެވެ.