Last Updated: May 10, 14:03
Friday, May 10, 2024
ދުނިޔެ

ސެމްސަންގުގެ އާ އުފެއްދުންތަކެއް 26 ގައި

ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގުގެ އާ އުފެއްދުންތަކެއް ދައްކައިލަން މި މަހުގެ 26 ގައި އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ އަންޕެކްޓް އިވެންޓް "ޖޮއިން ދަ ފްލިޕް ސައިޑް" ގެ ނަމުގައި ބާއްވާ ހަތަރު އުފެއްދުމެއް ދައްކައިލާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭގެ ތެރޭގައި ސެމްސަންގުގެ ފަތްޖެހޭ ފޯނުތަކުގެ އާ ދެ މޮޑެލްއެއް ހިމެނެ އެވެ. އެއީ ގެލެކްސީ ޒީ ފޯލްޑް 5 އާއި ގެލެކްސީ ޒީ ފްލިޕް 5 ގެ އިތުރުން ގެލެކްސީ ވޮޗް 6 ސީރީޒްގެ އިތުރުން ގެލެކްސީ ޓެބް އެސް9 ސީރީޒްގެ ފޯނެވެ.

ސެމްސަންގުގެ އިވެންޓެއް އެންމެ ފަހުން ބޭއްވީ މި އަހަރުގެ ފެބްރުއަރީ 1 ގަ އެވެ.