Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލުމުން

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލާގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މުޒާހަރާ ކުރިއަށް ދިޔަ ވަގުތު ފޮޓޯއެއް ނަގައިގެން މީހަކު ހައްރުކުރިކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ހައްޔަރުކުރި މީހާ ހުރީ ކުޑަކުއްޖެއް ގޮވައިގެން ކަމަށް ބުނެ ފެތުރި ވާހަކަތައް ވެސް ފުލުހުން ދޮގުކޮށްފައިވެ އެވެ. ފުލުހުން އެކަން ދޮގުކުރި އިދިކޮޅު ކޯލިޝަނާ އެކަން ކުށްވެރިކޮށް ރޭ ބަޔާނެއް ވެސް ނެރުނެވެ.

ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މުޒާހަރާ ކުރި ތަނުގައި ތިބި ފުލުހުންގެ ސަފު ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.

"އަދި އޭރު އޭނާ ކައިރީ ކުޑަ ކުއްޖަކު ފެންނަން ނެތްކަން ފާހަގަކޮށްލަން." ފުލުހުން ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ވީޑިއޯއެއްގައި އެމީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި ވަގުތު އެތަނުގައި ކުޑަކުއްޖަކު ހުންނަތަން ފެނެ އެވެ.