Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

އާލިއާ ހޮލީވުޑް ފިލްމު ޕްރޮމޯޓްކުރުމުގައި

ބޮލީވުޑްގެ ބަތަލާ އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުން އެބަދެ އެވެ.

އެގޮތުން އެ ފިލްމުގެ މައިގަނޑު ދެ ތަރިންނާ އެކީ ނަގާފައިވާ ވީޑިއޯއެއް އިއްޔެ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ޓޮމް ހާޕާ ޑައިރެކްޓްކޮށްފައިވާ "ހާޓް އޮފް ސްޓޯން" ގެ މައިގަނޑު އަނެއް ދެ ތަރިންނަކީ ގަލް ގެޑޯ އާއި ޖެމީ ޑޯނަން އެވެ. އާލިއާ އިއްޔެ ހިއްސާކުރި ޕޯސްޓަކީ މިދިޔަ މަހު ފިލްމުގެ ޓްރެއިލާ ދައްކައިލަން ބްރެޒިލްގައި ބޭއްވި އިވެންޓްގެ ހަވާސާގެ ތެރެއިން ނަގާފައިވާ ވީޑިއޯއެކެވެ.

ސްޕައި ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ހާޓް އޮފް ސްޓޯން" ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ މަހުގެ 11 ގައި ނެޓްފްލިކްސްއިންނެވެ.

އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ގަ އެވެ. ކަރަން ޖޯހަރް ޑައިރެކްޓްކުރި މި ރޮމޭމްޓިކް ކޮމެޑީގެ ބަތަލަކީ ރަންވީރު ސިންގް އެވެ.