Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ޖޭޕީގެ ކެމްޕޭން ލ. އަތޮޅުގައި ވަރުގަދަ ކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިހާރު އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ކެމްޕޭން ލ. އަތޮޅުގައި އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން އިސްދޫގައި ކެމްޕޭން ޓީމެއް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޖޭޕީގެ ކެންޑިޑޭޓް ގާސިމު އިބްރާހީމްގެ ސްޕެޝަލް އެންވޯއި އަދި ދެކުނި ކެޕްމޭން މެނޭޖަރު އިލްހާމް އަހުމަދުގެ ޓީީމު މިހާރު އޮތީ އިސްދޫގަ އެވެ. މި ދަތުރުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވަ އެވެ.

މިދިޔަ އީދު ބަންދުގެ ތެރޭގައި ޖޭޕީން ބ. އަތޮޅާއި ރ. އަތޮޅުގައި ވެސް ކެމްޕޭންކުރި އެވެ.