Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

އުރީދޫ މަސްރޭހަށް މިރޭ ސުންގަޑި ހަމަވާނެ

ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބާއްވާ އުރީދޫ މަސްރޭސް 2023ގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.

އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ މިރޭ 12 އަށެވެ. އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން ބާއްވާ މި އަހަރުގެ "އުރީދޫ މަސް ރޭސް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 އޮގަސްޓާއި 25 އޮގަސްޓާ ދެމެދުގަ އެވެ. އެގޮތުން މާލެ އިން މުބާރާތް އޮގަސްޓް 4 ގައި ފަށަން ނިންމާފައިވާ އިރު، އެ މަހުގެ 11 ގައި ރޭސް ކުރިއަށް ދާނީ ކުޅުދުއްފުށީގަ އެވެ. އޮގަސްޓް 18 ގައި "އުރީދޫ މަސް ރޭސް" އައްޑޫގައި ބާއްވާ އިރު، އެ މަހުގެ 25 ގައި ރޭސް ކުރިއަށް ގެންދާނީ ފުވައްމުލަކުގަ އެވެ.

މި އަހަރުގެ މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާ އިރު، ކޮންމެ ސިޓީއަކަށް ވެސް ޖުމްލަ 75،000ރ. ރުފިޔާގެ އިނާމު ދޭނެ އެވެ. އެގޮތުން ކޮންމެ ސިޓީއަކުން އެއް ވަނަ، ދެވަނަ ތިން ވަނަ ޓީމު ހޮވައި އަދި އެންމެ މޮޅު މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާ ވެސް ހޮވާނެ އެވެ.

* އެއް ވަނަ ޓީމު: 25،000ރ.
* ދެ ވަނަ ޓީމު: 10،000ރ.
* ތިން ވަނަ ޓީމު: 5،000ރ.
* އެންމެ މޮޅު މަސްވެރިޔާ: 1،000ރ.
* އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000ރ.

އުރީދޫން ބުނީ އުރީދޫ މަސް ރޭހުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށެވެ. އަދި 30 ޓީމަށް ވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ގުރުއަތެއް ނަގާނެ އެވެ. ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ދޭނެ އެވެ.

"އުރީދޫ މަސް ރޭސް 2023" އަށް ޖުމްލަ 160،000ރ. އުރީދޫން ވަނީ ކަނޑައަޅައިފަ އެވެ.