މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖަކީ މި ސަރުކާރަށް އެޅޭނެ ބްރިޖެއް ނޫން ކަމަށް ވިދާޅުވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އަނެއްކާ ވެސް އެ މަޝްރޫއަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެފްކޮންސް އިން މިހާރު ކުރިއަށް ގެންދާ ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރުން ނޭޅުނު ބްރިޖެއް 10 އަހަރުން ވެސް ނޭޅޭނެ ކަމަށެވެ.
އަބަދު ވެސް މި މަޝްރޫއަށް ވަަރަށް ފާޑު ވިދާޅުވަމުން ގެންދަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަނީ ވެސް އެކަމަށް ނެގި ލޯނާ އެކަށީގެން ނުވާ ދަށް ފެންވަރެއްގައި ކަމަށެވެ.
If they can’t deliver a US$600m “bridge” in 5 years, they can’t deliver it in 10years with the incompetent regime that surrounds it
The work implementation does not match the debt borrowed from E/Bank
ކޯރުގަފާލަންއެޅުމާއި ފުންކަނޑުގަ ބްރިޖުއެޅުމަކީ 2ފަންނެއް@DhiyaresNews https://t.co/PH25gP2gr7 pic.twitter.com/85VjW1LDvS— Mohamed Saeed (@em_saeed) July 8, 2023
އިދިކޮޅު ފަރާތްތަކުން މަޝްރޫއަށް ފާޑު ކިޔަމުން ދިޔަ ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ބްރިޖް ނިންމާނެ ކަމަށެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ތެރެއިން މާލިމާލެ އާއި ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން ހަދާ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
މިހާރު މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައި އޮތް ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއެކެވެ. އެއީ ބްރިޖް އެޅީ ޗައިނާގެ ކުންފުންޏަކުންނެވެ.