Last Updated: April 28, 20:21
Sunday, April 28, 2024
ދުނިޔެ

ޝެއިން އިން ޓްވިޓާ އަށް ދައުވާކުރަނީ

ވާދަވެރި އެހެން އޮންލައިން ފެޝަން ކުންފުންޏަކުން ފޭކް ޓްވިޓާ އެކައުންޓްތަކެއް ހަދައި ޝެއިންގެ ވިޔަފާރި އަަށް ގެއްލުންދީ، ނާޖާއީޒު ފައިދާ ނަމުންދާތީ އެ މައްސަލާފައި ޓްވިޓާ އަށް ދައުވާ ކުރަން ޝެއިން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަހުޖަނު އީލޮން މަސްކްގެ ޓްވިޓާ އަށް ދައުވާކުރަނީ ޝެއިން ހިންގާ ޗައިނާގެ ކުންފުނި، ރޯޑްގެޓް ބިޒްނެސް ޕްރައިވެޓް ލިމުޓެޑުންނެވެ. އެ ކުންފުނިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭގެ ޓްރޭޑްމާކް ބޭނުންކޮށްގެން ޓްވިޓާގައި ޝެއިންގެ ފޭކް އެކައުންޓްތަކެއް ހަދައިގެން ނާޖާއީޒު ފައިދާތަކެއް ނަގަނީ ވާދަވެރި އެހެން ކުންފުންޏެއް ކަމަށްވާ ޓެމޫ އިންނެވެ.

ޝެއިން އިން ބުނީ އެ ކުންފުނި ކޮޕީކޮށްގެން ވިޔަފަރީގެ ނާޖާއީޒު ފައިދާ ނަގަނީ ޓެމޫކަން ޓްވިޓާ އަށް އެނގެ އެވެ.

އެހެންވެ މި މައްސަލާގައި އެކަމާ ބެހޭ ތަފުސީލު ހޮއްސާކޮށްދޭން ޝެއިން އެދުމުން ޓްވި ޓާއިން އެކަމާ އިންކާރުކޮށްފައިވެ އެވެ. ނަމަވެސް ޓްވިޓާ އިން ވަނީ "@ޝެއިން ނިއުޔޯކް" ގެ ނަމުގައި ހިންގަމުން އައި ފޭކް ޓްވިޓާ އެކައުންޓެއް ސަސްޕެންޑްކޮށްފަ އެވެ.

ޝެއިން ބުނީ ޓްވިޓާ އަށް ދައުވާކުރަން ނިންމީ އެ ކުންފުނީގެ ޓްރޭޑްމާކް ބޭނުންކޮށްގެން ބަޔަކު ވިޔަފާރީގެ ނާޖާއީޒު ފައިދާ ޓްވިޓާ މެދުވެރިކޮށް ނަގަން މަގުފަހިކޮށްދީ، ކަމާގުޅުން ހުރި ޑޭޓާތައް ހިއްސާކޮށްދޭން އެދުމުން އިންކާރުކޮށްފައިވާތީ ކަމަށެވެ. ޝެއިން ބޭނުން ވަނީ މިކަމުގައި ސީދާ ޓްވިޓާގެ ބައިވެރިވުން އޮތްކަން ޝަރުއީ މަރުހަލާގެ ތެރެއިން ކަށަވަރުކުރާށެވެ.

އަގުހެޔޮކޮށް ބްރޭންޑެޑް އަންނައުނު ވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާކޮށް ހިންގަމިުން އަންނަ މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޝެއިންގެ ހެޑްކުއާޓަރު ހުންނަނީ ސިންގަޕޫރްގަ އެވެ. ޝެއިންގެ ހިދުމަތް ފެށީ މީގެ 14 އަހަރު ކުރިން 2008 ގަ އެވެ.