Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކުޑަފަރުގައި އެއާޕޯޓެއް އަޅާނެ: ރައީސް

ށ. އަތޮޅުގެ ރައްޔިތުން އެދޭ ގޮތަށް އެ އަތޮޅުގެ ކުޑަފަރުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ށ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެ ތެރެއިން ކޮމަންޑޫގެ ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން އެދޭ ކަންކަން ކޮށްދޭން އިސްކަންދޭ އަދި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކީ ތަރައްގީ އާއި ކުރިއެރުން ހޯދައި ދޭން މަސައްކަތްކުރާ ސަރުކާރެކެވެ. އެހެންވެ ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައި، އަނެއްކާ ވެސް ތަރައްގީގެ އެތައް މަޝްރޫއަކާ އެކީ ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.