Last Updated: June 28, 20:14
Sunday, June 28, 2026
ވިޔަފާރި

ގެސްޓް ހައުސް ވެންޗާއަށް ކޮންސަލްޓެންޓަކު ހޯދަނީ

މީދޫ ޗާމިން ގެސްޓް ހައުސް - ފޮޓޯ: ޝަރަފް

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ގެސްޓް ހައުސް ވެންޗާ އަށް ކޮންސަލްޓެންޓަކު ހޯދުމަށް ކައުންސިލުން އިއްލާން ކޮށްފިއެވެ.

ކައުންސިލުން ބުނީ ގެސްޓް ހައުސް ވެންޗާގެ ދަށުން، ބޭނުންވާ ޓެކްނިކަލް ލަފާތައް ދިނުމާއި ޕްރައިވެޓް ޕާޓީތަކާ އެކު ކުރިއަށް ގެންދާ ހުރިހާ ކަމަކާއި ގުޅޭ ގޮތުން ކައުންސިލަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުން ކަމަށެވެ.

އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ކޮންސަލްޓެންޓަކު ނަގާއިރު ތަކްރިބާ އާއި ގާބިލް ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ގެސްޓް ހައުސް ވެންޗާގެ ދަށުން ތަރައްޤީ ކުރާ ގެސްޓް ހައުސްގެ ފުރަތަމަ އެއްބަސް ވުމުގައި އިއްޔެ ސޮއި ކޮށްފައިވާ އިރު، އިތުރު ފަރާތްތަކާއި އެކު އަންނަ މަހުގެ ތެރޭގައި ސޮއި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކައުންސިލްގެ އަމާޒަކީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އައްޑޫގައި 2000 އެނދު ތަރައްޤީ ކުރުމެވެ.