އާބަންކޯ މައި އޮފީހަށް ހާޒިރުވުމަށް ދައުވަތުދީ ފޮނުވަމުންދަނީ ފޭކު މެސެޖްތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.
މިވަގުތު ބައެއް ފަރާތްތަކަށް އާބަންކޯގެ ނަމުގައި ފޮނުވާފައިވާ މެސެޖުގައި ވަނީ، މިރޭ 8:45 އަށް އާބަންކޯ މައި އޮފީހަށް ހާޒިރު ވުމަށް ދައުވަތު ދީފައެވެ. ނަމަވެސް އޮފީހަށް ހާޒިރުވަނީ ކޮން ބޭނުމެއްގައި ކަމެއް މެސެޖުގައި ނެތްއިރު، އެއީ ކާކުކަން އެނގޭނެހެން އެ ފަރާތެއްގެ އައިޑީ ގެނައުމަށް މެސެޖުގައި ވަނީ ބުނެފައެވެ.
⚠️ސަމާލުވެލައްވާ! ⚠️
އަރބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވަން. މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރަން! pic.twitter.com/eNBPpvQGUR
— Urbanco (@hdcmaldives) July 9, 2023
"އަރބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވަން. މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރަން" އާބަންކޯއިން ބުނެފައިވެއެވެ.
އާބަންކޯގެ ނަމުގައި މީގެ ކުރިންވެސް ފޭކް މެސެޖުތަކެއް ވަނީ ފޮނުވާފައެވެ. އެގޮތުން ފްލެޓެއް ލިބިފައިވާ ކަމަށާއި، ފްލެޓަށް ފައިސާ ދެއްކުމަށް އެދި ފޭކް ލިންކުތަކެއް ވެސް ވަނީ ފޮނުވާފައެވެ.
މިފަދަ ލިންކުތަކަކީ އެމީހެއްގެ ޒާތީ މައުލޫމާތު އަތުލައިގަތުމަށް ކުރާ ސްޕޭމް މެސެޖްތަކެއް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މިގޮތަށް އަންނަ އެއްވެސް މެެސެޖެއްގައި އިންނަ ލިންކަށް ނުފިތުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.