Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ސައުދީގައި އަލަށް ރަސްމީކޮށް ފެޝަން ވީކެއް

ސައުދީ އަރަބިއްޔާގެ އަލަށް ރަސްމީކޮށް ފެޝަން ވީކެއް ބާއްވަން ނިންމައިފި އެވެ.

މި އިވެންޓް ތާވަލުކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 20-23 އަށެވެ. މި ފެޝަން ވީކް ކުރިއަށް ގެންދާނީ ސައުދީގެ ވެރިރަށް، ރިޔާދުގައި ހުންނަ ޕެރިހުގެ ހޮޓެލް ޑި އެވްރޯކްސްގަ އެވެ.

މި އިވެންޓާ ބެހޭ ގޮތުން ސައުދީ ފެޝަން ކޮމިޝަންގެ ސީއީއޯ ބުރާކް ކަކްމަކް ވިދާޅުވީ ސައުދީގެ ފެޝަން ބްރޭންޑްތައް މީގެ ކުރިން އިޓަލީ އާއި ޕެރިސް ފެޝަން ވީކްތަކުގައި ދައްކާލައި، ސައުދީ ޑިނައިނަރުންގެ ހުނަރުވެރި މަސައްކަތްތައް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ސަަމާލުކަން ވެސް ހޯދާފައިވާ ކަމަށެވެ.

އެހެންވެ މި އަހަރަކީ ސައުދީ ޑިޒައިނަރުންގެ އެ މީހުންގެ މަސައްކަތްތައް އަމިއްލަ ގައުމުގައި ދައްކައިލަން ލިބޭ ރަސްމީ ފުރަތަމަ އިވެންޓް ކަމަށްވާތީ މިއީ ވަރަށް ތާރީހީ ކަމެއް ކަމަށް އޭނަ ވިދާޅުވި އެވެ.

"އެހެންވެ ދުނިޔޭގެ ފެޝަން ކޮމިއުނިޓީ އަށް އަހަރެމެން މަރުހަބާ ކިޔަން." ބުރާކް ވިދާޅުވި އެވެ.

ސައުދީން ފެޝަނުގެ ބޮޑު އިވެންޓަކަށް ތައްޔާރުވާ އިރު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޕެރިސް ފެޝަން ވީކްގައި ސައުދީގެ ޑިޒައިނަރު މުހައްމަދު އާޝީ ބައިވެރިވެ އެވެ. އާޝީ ސްޓޫޑިއޯސް ނަމުގައި ފެޝަން ބްރޭންޑެއް ހިމްގަމުން އަންނަ އޭނަ އަކީ ޕެރިސް ފެޝަން ވީކްގައި ބައިވެރިވި ސައުދީގެ ފުރަތަމަ ޑިޒައިނަރެވެ.

އޭގައި އާޝީ ވަނީ "ސްޓޭޓް އޮފް ފެޝަން އިން ދަ ކިންގްޑަމް" ގެ ނަމުގައި ޑިޒައިންތަކެއް ދައްކާލައިފަ އެވެ.