Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީ ހޯދުމަކީ ރައީސާ ބެހޭ ކަމެއް ނޫން

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ސަފައިންގެ އެހީ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަމެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ "ގާނޫނީ ގޮތުން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބެހުމެއް އޮތް ކަމެއް ނޫންކަމަށެވެ.

މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށްވެސް ރައިސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ހެނދުނަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް އެޖެންޑާ ކޮށްފައެވެ.