Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ޝާހްރުކް މި ފަހަރު ދައްކައިލީ ތަލަކޮށް!

ޝާހްރުކް ޚާންގެ އާ ފިލްމު "ޖަވާން" ގެ ޓީޒާ ޓްރެއިލާ ފޭނުންނަށް މިއަދު ދޫކޮށްލައިފި އެވެ.

މި ޓީޒާގެ އެންމެ ބޮޑު ހައިލައިޓަކީ އޭނަ ތަލަކޮށް ފެނިގެން ދިއުމެވެ. "ޖަވާން" ގައި ޝާހްރުކްގެ ޑަބަލް ރޯލެއް ފެނިގެން ދާނެ އެވެ. މީއީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު 7 ގައި ސިނަމާތަކަށް ގެންނަން "ޖަވާން" ގެ ބަތަލާ އަކީ ނަޔަންތަރާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.

"ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" އަށް ފަހު، ރިލީޒްވާ ޝާހްރުކްގެ ދެވަނަ ފިލްމަށްވާތީ މިއަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ގިނަ ބަޔަކު ލަފާކުރަނީ މިއީ "ޕަތާން" ގެ ރެކޯޑްތައް މުގުރައިލާ ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ.

ކޮންމެއަކަސް "ޖަވާން" ގެ ޓީޒާ ޓްރެއިލާ ހަމަ ވަރަށް ޝައުގުވެރި އެވެ. ބަލައިލާށެވެ.