Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރްގެ ދައުވަތަކަށެވެ.

މިނިސްޓަރު ޝާހިދު އިންޑިއާއަށް މިއަދު ފުރާވަޑައިގަންނަވާއިރު ރަސްމީ ދަތުރުފުޅާ ގުޅުންހުރި މަސައްކަތްތައް 11 އަދި 12 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އިތުރަށް ކުރިއަށް ގެންދިއުމަށްހުރި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގެ ތެރެއިން އެގައުމުގެ ސަރުކާރުގެ އިތުރު އިސްވެރިންނާވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.