މ. މުލީގައި މިސަރުކާރުން ގާއިމު ކުރާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއަރޕޯރޓް ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ނިމިފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.